ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމިޝަނަށް ތިރީގައިމިވާ މަޤާށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

މަހަކު -/5،300 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/4،000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (މަހަކު)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން ޢިނާޔަތްތައް:

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

އެޑްމިން/ އެޗް.އާރ މެނޭޖްމަންޓުގެ ދާއިރާއިން، ޑިޕްލޮމާއެއް ހާސިލުކޮށްފާއިވުން، ނުވަތަ އޭލެވެލްގެ 3 މާއްދާއިން އިނގިރޭސިއާއި  ދިވެއްސާއެކު  ދަށްވެގެން  ސީ  ފާސް  ލިބިފައިވުމާއެކު،  މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއެއްގައި އުޅެ، 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އޯލެވެލްގެ 5 މާއްދާއިން އިނގިރޭސިއާއި ދިވެއްސާއެކު ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅު 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.

2- ކޮމިޝަނާ ބެހޭގޮތުންނާއި ތަންފީޒީ އިދާރާތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

3- ކޮމިޝަނުގެ ޓްރެއިންގ ޕޮލިސީ އެކުލަވައިލުމުގައި އެޗް.އާރު. ޔުނިޓަށް އެހީތެރިވެދިނުމާއި، ޓްރެއިނިންގ ޕޮލިސީއާ އެއްގޮތަށް ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވާނޭ ތަމްރީންތައް ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ހޯދުމާއި، މުވައްޒަފުންގެ ޓްރެއިނިންގތަކުގެ އިވެލުއޭޝަން ހަދައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

4- ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކުރުމުމާއި، އެފަދަ ޓްރެއިނިންގތަކުގައި ކިޔަވައިދިނުމާއި، ކޮންސަލްޓެންޓުންނާއި ބޭރުގެ ޓްރެއިނަރުން ގެނެސްގެން ހިންގާ ޕްރޮގްރާމްތަކުގެ އިވެލުއޭޝަންތައް ހެދުމާއި، ކިޔަވައިދިނުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، އެފަދަ ޓްރެއިނިންގތަކާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

5- ތަންފީޒީ އިދާރާތަކަށާއި، ދައުލަތު މުއައްސަސާތަކަށާއި އާންމު ރައްޔިތުންނަށް ހިންގޭ ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކޮށް، އެ ޓްރެއިނިންގ ޕްރޮގްރާމަތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުން.

6- ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވައިލުމާއި، މަސައްކަތް ކުރިޔަށްދާގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

7- ޓްރެއިނިންގތައް ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު

2. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވައި، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ސެޓުފިކެޓުތަކާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަޑި:

- މި  މަޤާމަށް  ޝަރުޠު  ފުރިހަމަވާ  ފަރާތްތަކުން،  މި  ކޮމިޝަނުގެ  ވަޒީފާއަށް  އެދޭ  ފޯމު ފުރިހަމަކުރުމަށްފަހު، 2016 ޑިސެންބަރު 1 ވަނަ ދުވަހުގެ 2:00 ގެ ކުރިން، މި ކޮމިޝަނަށް ހުށަހެޅުން އެދެމެވެ.

- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނެއް، ސުންގަޑީގެ ފަހުން ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

- އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައެއް ނުގަނެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުޠު ހަމަވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކުސް ލިބޭ 10 ފަރާތަކަށެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3001343 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 21 ޞަފަރު 1438

21 ނޮވެންބަރު 2016
ހޯދާ