މަޤާމު:
|
ލެކްޗަރަރ (އުޞޫލުލް ފިޤްހު / އުޞޫލުއްދީން)
|
ބޭނުންވާ އަދަދު: 1
|
މުސާރަ:
|
މަހަކު 12,687/50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437/50 ރުފިޔާ
|
ފުޑް އެލަވަންސް: މަހަކު -/1,800 ރުފިޔާ (ބިދޭސީންނަށް)
|
އެކަމަޑޭޝަން ހަމަޖައްސައިދެވޭނެ (ބިދޭސީންނަށް)
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ފެކަލްޓީ އޮފް ޤްރުއާން އެންޑް ސުންނާ
|
ސްޕައިން ޕޮއިންޓް:
|
40
|
މަޤާމުގެ ޝަރުޠުތައް:
|
- އުޞޫލުލް ފިޤްހު ނުވަތަ އުޞޫލުއްދީންއިން މާސްޓަރޒް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
- އުޞޫލުލް ފިޤްހު ނުވަތަ އުޞޫލުއްދީންއިން ބެޗެލަރޒް ޑިގްރީ ހާސިލުކޮށްފައިވުން.
- ޢަރަބި ބަހުން ކިޔަވައިދޭން އެނގުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ތާވަލުކޮށް ކިޔަވައިދިނުމަށް ހަވާލުކުރެވޭ ގަޑިތަކާއި، ބަދަލުގައި ކިޔަވައިދޭންޖެހޭ ގަޑިތަކުގައި، ވަރކްލޯޑް ޕޮލިސީއާ އެއްގޮތަށް ކިޔަވައިދިނުން.
- ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓުގެ ސުވާލުތަކާއި، އިމްތިޙާން ކަރުދާސްތަކާއި، މާކްސްދެވޭނެ ގޮތް އެކުލަވައިލުން.
- ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
- މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
- އެކަޑަމިކް ރިސަރޗް ކުރުމާއި، ރިސަރޗް ޕަބްލިޝް ކުރުމުގައި ފެކަލްޓީތަކުގެ މުވައްޒަފުންނާއެކު މަސައްކަތް ކުރުން.
- ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
- މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
- މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެހެނިހެން ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ޕާސްޕޯޓުގެ މުއްދަތު ހަމަނުވާ ކޮޕީ
- ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ސުންގަޑި:
|
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] އަށް 2016 ނޮވެންބަރު 29 ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް ކުރެއްވުން އެދެމެވެ.
|