މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު

މެރިން ޕައިލަޓް

ބޭނުންވާ ޢަދަދު:

02

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ ކޮމާޝިއަލް ހާބަރ / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އަސާސީ މުސާރަ:

-/10,400 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/13,000 ރުފިޔާ ލިބޭނެ)

އެހެނިހެން އިނާޔަތްތައް:

-/3,500 ރުފިޔާއާއި -/5,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  • އަންލިމިޓަޑް މާސްޓަރ ސެޓުފިކެޓު ނުވަތަ އަންލިމިޓެޑް ޗީފްމޭޓް ސެޓުފިކެޓު އޮތުން، އަދި
  • މި މަޤާމުގައި ބޯޓުފަހަރުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުފަހަރަށް ޕައިލޮޓް ޚިދުމަތް ދިނުމާއި އެ މަސައްކަތުގައި ކުރަންޖެހޭ ކަންތައްތައް ޑިއުޓީ ގަޑީގައި ރާވައި ހިންގުން.
  • މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުފަހަރަށް ކާގޯ އޮޕަރޭޝަން ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތިން އުޅަނދުފަހަރު ކައިރިކުރުމާއި ދުރުކުރުމުގެ މަސައްކަތްކުރުން.
  • ޕައިލޮޓް މޫވްމެންޓް ނިންމުމަށްފަހު ޗެކްލިސްޓް ޑިޕާޓްމެންޓުގެ މުވައްޒަފުންނާއި ޙަވާލުކޮށް ޕީ.ޓީ.ބީ ފޯމު ހަދައި، ނިންމާފައި ދިނުމުން ދުވަހުން ދުވަހަށް ސޮއިކުރުން.
  • މާލޭގެ ވިޔަފާރި ބަނދަރުގެ ޕޯޓް ލިމިޓް ސަރަހައްދުގައި އެންކަރ ކޮށްފައިފައިވާ އުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިވާ ކަނޑުމަތީގެ ބައްތިތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  • މި ކުންފުނިން މާލެއަށާއި ތިލަފުށި/ ހުޅުލެ/ ހުޅުމާލެ/ ފުނަދުއަށް ދެމުން ގެންދާ ޕައިލޮޓޭޖް ޚިދުމަތަށް އެދިފައިވާ ގަޑިތަކުގައި އެ ޚިދުމަތް ފޯރުކޮށްދިނުން.
  • ޕައިލޮޓް ޚިދުމަތް ދިނުމުގައި ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕައިލޮޓް ޚިދުމަތް ދިނުމާބެހޭ ގަވާއިދަށް ޢަމަލުކުރުން.
  • ޕައިލޮޓް ޚިދުމަތް ދިނުމުގައި ދިމާވާ އެކްސިޑެންޓްތަކުގެ ރިޕޯޓް، އެޗް އޯ ޑީ އަށާއި ޑެޕިއުޓީ ހާބަރ މާސްޓަރަށް ލިއުމުން ރިޕޯޓުކުރުން
  • ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ޕޯޓް ކޮންޓްރޯލް ޕަރމިޓް ދޫކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަޤާމު

މެރިން ޕައިލަޓް

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ހދ. ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް

އަސާސީ މުސާރަ:

-/10,400 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/13,000 ރުފިޔާ ލިބޭނެ)

އެހެނިހެން އިނާޔަތްތައް:

-/3,500 ރުފިޔާއާއި -/5,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  • އަންލިމިޓެޑް މާސްޓަރ ސެޓުފިކެޓު ނުވަތަ އަންލިމިޓެޑް ޗީފްމޭޓް ސެޓުފިކެޓު އޮތުން، އަދި
  • މި މަޤާމުގައި ބޯޓުފަހަރުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މެރިން ސާރވިސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  • ބަނދަރަށް އަންނަ ބޯޓުފަހަރު ސަލާމަތާއި ރައްކާތެރިކަމާއި އެކު ބަނދަރަށް ވެއްދުމާއި އެންކަރ ކުރުމާއި ބާތުކޮށް ދިނުން އަދި ފުރުވާލަދިނުން.  އަދި ޕައިލޮޓޭޖް ޚިދުމަތުގެ މައުލޫމާތު (ޕީ.ޓީ.ބީ ފޯމް) ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން. ޕޯޓް ކޮންޓްރޯލް ޕާމިޓް ދޫކުރުމާއި އެންކަރޭޖް އަދި އެންޓަރެންސް ފީގެ މައުލޫމާތު ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން.
  • ބަނދަރުގައި އޮންނަ ބޯޓުފަހަރުގެ މުދާ ބާލާ، ކާގޯ ގިޔަރުގެ ޙާލަތު ދެނެގަނެ ރައްކާތެރިކަން ކަށަވަރުކުރުން.
  • ބަނދަރުގައި ދިމާވާ ކުއްލި އެމެޖެންސީ ހާލަތްތަކުގައި އެވަގުތަކު ބަނދަރު ހިންގަވަން ހުންނެވި ވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެމެޖެންސީގައި ކުރަން ޖެހޭ މަސައްކަތްކުރުން.

 މަޤާމު

 މެރިން ޕައިލެޓް

ބޭނުންވާ ޢަދަދު:

 01

މަސައްކަތް ކުރަންޖެހޭ ތަން:

 ސ. ހިތަދޫ ޕޯޓް ލިމިޓެޑް

އަސާސީ މުސާރަ:

-/10,400 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/13,000 ރުފިޔާ ލިބޭނެ)

އެހެނިހެން އިނާޔަތްތައް:

-/3,500 ރުފިޔާއާއި -/5,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  • އަންލިމިޓަޑް މާސްޓަރ ސެޓުފިކެޓު ނުވަތަ އަންލިމިޓެޑް ޗީފްމޭޓް ސެޓުފިކެޓު އޮތުން، އަދި
  • މި މަޤާމުގައި ބޯޓުފަހަރުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މެރިން ސާރވިސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  • ބަނދަރަށް އަންނަ ބޯޓުފަހަރު ސަލާމަތާއި ރައްކާތެރިކަމާއެކު ބަނދަރަށް ވެއްދުމާއި އެންކަރކުރުމާއި ބާތުކޮށް ދިނުމާއި، ފުރުވާލަދިނުން.
  • ބަނދަރުގައި އޮންނަ ބޯޓުފަހަރުގެ މުދާ ބާލައި، ކާގޯ ގިޔަރުގެ ހާލަތު ދެނެގަނެ ރައްކާތެރިކަން ކަށަވަރުކުރުން.
  • ބަނދަރުގައި ދިމާވާ ކުއްލި އެމެޖެންސީ ހާލަތްތަކުގައި އެ ވަގުތަކު ބަނދަރު ހިންގަވަން ހުންނެވި ވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެމެޖެންސީގައި ކުރަން ޖެހޭ މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު

ސުންގަޑި:

2016 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ / ލައިސަންސް ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

21 ޞަފަރު 1437  

21 ނޮވެންބަރު 2016
ހޯދާ