މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ނަންބަރު GS47/2016/108 (26 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ހަތަރުވަނަ ފަހަރަށް އިޢުލާން ކުރަމެވެ. 

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން، މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަސައްކަތުގެ ތަފުސީލު

  1. ދަރިވަރުން ބޭނުންކުރާ ފާޚާނާ ބޮލްކުގައި ހުރި ތަށިތައް ނަގައި އާ ފާޚާނާތަށި (ޓޭންކާއެކު) ބެހެއްޓުމާއި، ތަޅުމުގައި މުށި ޖެހުމާއި، ފާޚާނާގެ ބޭރުން ދޮރުމަތީގައި އަޅާފައިވާ ތަޅުމުގައި މުށި ޖެހުމާއި، ފާޚާނާގައި މިހާރުހުރި 2 މޫނު ދޮންނަތަށި ނަގައި އާ ދެތަށި ބެހެއްޓުމާއި، މޫނުދޮންނަތަށްޓާ ދިމާގައި 6 ފޫޓުގެ ފުރާޅެއް ލައި ސީލިންގކުރުން.
  2. ޕާޓިޝަން ޖަހައިގެން ޕްރިންސިޕަލް އޮފީހެއް ހެދުން.
  3. ސްކޫލުން ދިދަދަނޑި ދިނުމުން މައި ޢިމާރާތު ގޯތިތެރޭގައި ދެ ދިދަދަނޑި ޖަހައި އެސެމްބްލީ ޕްލެޓްފޯމު ހެދުން.
  4. ހަތަރުބުރި ޢިމާރާތުގެ ބޭރު ކުދިދޮރުތައް (އެލްމެނިއަމް) މަރާމާތުކުރުން.
  5. މިހާރު ބޭނުންކުރަމުންދާ 7 ނޯޓިސްބޯޑު މަރާމާތުކުރުން.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 29 އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ