ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު GS-177/IUL/2016/22 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތައް މަދުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
- ވަށާފާރުގައި ސިމެންތި ޖެހުން
- 1 ކްލާސްރޫމުގައި މިހާރު ހުރި ތަޅުންގަނޑު ތަޅާލައި އަލުން ތަޅުން އަޅައި މުށިޖެހުން
- 1 ކްލާސްރޫމުގައި މިހާރު ހުރި ސީލިންގ ރޫޅައި އަލުން ސީލިންގ އެޅުމާއި ކަރަންޓް ވައިރު ރަނގަޅުކުރުން
- ދިޔަދޮވި މަރާމާތު ކުރުން
- އިމާރާތުގައި ކުލަލުން
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ، ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު |
އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު |
2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:30 |
2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:30 |
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 6780573 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ޞަފަރު 1438