ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ސްކޫލުގެ އޮފީހަށާއި ސްޓާފްރޫމަށް ޖާގަ އިތުރުކުރުމާއި، ހެލްތުރޫމެއްގެ ޖާގަ ހެދުމުގެ ގޮތުން މިހާރު ބޭނުންކުރާ އޮފީހަށް 15 ފޫޓުގެ ޖާގައެއް އިތުރުކުރުން

އިޢުލާން

ސްކޫލުގެ އޮފީހަށާއި ސްޓާފްރޫމަށް ޖާގަ އިތުރުކުރުމާއި، ހެލްތުރޫމެއްގެ ޖާގަ ހެދުމުގެ ގޮތުން މިހާރު ބޭނުންކުރާ އޮފީހަށް 15 ފޫޓުގެ ޖާގައެއް އިތުރުކުރުން.

ސްކޫލުގެ އޮފީހަށާއި ސްޓާފްރޫމަށް ޖާގަ އިތުރުކުރުމާއި ހެލްތު ރޫމެއްގެ ޖާގަ ހެދުމުގެ ގޮތުން މިހާރު ބޭނުންކުރާ އޮފީހަށް 15 ފޫޓުގެ ޖާގައެއް އިތުރުކުރުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް  ފުޅަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ފުޅަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 10:30 އަށް

2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 10:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 14:00 އަށް 6600013 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

16 ނޮވެންބަރު 2016
ހޯދާ