ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓު އަޅަން

އިޢުލާން

އިހަވަންދޫ ސްޕޯޓްސް އެރީނާގައި 2 ވޮލީކޯޓު އެޅުމާބެހޭ

އިހަވަންދޫ ސްޕޯޓްސް އެރީނާގައި 2 ވޮލީކޯޓު އަޅަން ބޭނުންވެއްޖެއެވެ.

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރައްވައި މި މަސައްކަތް ކޮށްދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު) ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް، އިހަވަންދޫ ސްޕޯޓްސް އެރީނާގައި 2 ވޮލީކޯޓް އެޅުމުގެ އަންދާސީހިސާބުކަން އެނގޭގޮތަށް ލިޔުއްވައިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ