ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ސިޓީތައް ބާޠިލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީހިސާބު ކެނޑުން އޮންނާނީ 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 ގައެވެ. އަންދާސީހިސާބު ކެނޑުމަށް އެހެން ފަރާތަކުން ހާޒިރުވެވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ ކުރިން ސެކިއުރިޓީ ބަލަހައްޓާފައިވާ ފަރާތެއް ކުރިމަތިލާނަމަ، ސެކިއުރިޓީ ބެލެހެއްޓި އޮފީހުގެ ލިޔުން (ސެކިއުރިޓީ ބެލެހެއްޓިގޮތުގެ) ސިޓީއާއެކު ހުށަހަޅަންވާނެއެވެ. 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ