ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: މަހަކު -/20،000 ރުފިޔާ
ފިކްސްޑް އެލަވަންސް: މަހަކު -/11،000 ރުފިޔާ
ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ޝަރުޠު:
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މީގެ ތެރެއިން 3 އަހަރުދުވަހު މެނެޖީރިއަލް ފެންވަރުގެ ނިންމުންތައް ނިންމާ ލެވެލްގައި މަސައްކަތްކޮށްފައިވުން). ނުވަތަ؛
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 10 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މީގެ ތެރެއިން 5 އަހަރުދުވަހު މެނެޖީރިއަލް ފެންވަރުގެ ނިންމުންތައް ނިންމާ ލެވެލްގައި މަސައްކަތްކޮށްފައިވުން).
އެހެނިހެން ޝަރުޠު:
- މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަން ރާވައި ހިންގުމުގެ ހުނަރާއި، މައްސަލަ ޙައްލުކުރުމާއި ނިންމުންތައް ނިންމުމުގެ ހުނަރު.
- ނަޒާހަތްތެރިކަމާއި ރަނގަޅު އަޚްލާޤު
މަޤާމުގެ މަސްއޫލިއްޔަތު:
- އޮތޯރިޓީ ހިންގުމުގައި ޗީފް އެގްޒެކެޓިވް އޮފިސަރަށް އެހީތެރިވުމާއި، ސީ.އީ.އޯއަށް މަސައްކަތަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި އޮފީސް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުން.
- އޮތޯރިޓީގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ބެލެހެއްޓުން.
ނޯޓު: ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، މި ދާއިރާއިން ދަށްވެގެން މާސްޓަރސްް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެއެވެ. އަދި ވަޒީފާ ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- ލިބިފައިވާާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
މުއްދަތު:
މި ވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަަށްފަހު، މަސައްކަތަށް ރަނގަޅުނަމައެވެ.
ނޯޓު:
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ އިންޓަވިއު ކުރިޔަށްގެންދާނީ، ސީ.އެމް.ޑީ.އޭގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
- މި މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. އަދި މި މަޤާމަށް ހޮވާ ފަރާތެއްގެ ކުށުގެ ރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް އޮތްތޯ ބެލޭނެއެވެ.
- ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ރިޕޯޓު ހުށަހަޅަންވާނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވާފައިވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ. އަދި ވަޒީފާއަށް ހޮވާނީ، ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުގެ ކުށުގެ ރެކޯޑެއް ނެތްނަމައެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3014105، ފެކްސް: 3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
17 ޞަފަރު 1438