ދިވެހިރާއްޖެ
އިޢުލާން
ކުރިމަގު ޕްރީސްކޫލުގައި ފާޚާނާއެއް ހެދުމާބެހޭ (ތިންވަނަ ފަހަރަށް)
ކުރިމަގު ޕްރީސްކޫލުގައި ފާޚާނާއެއް ހެދުމަށް ކުރެވުނު، މި ކައުންސިލުގެ ނަންބަރު: (IUL)265/265/2016/66 (8 ނޮވެންބަރު 2016) އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
ތަން: ހދ.ކުރިނބީ ކައުންސިލުގެ އިދާރާގައި |
ތަން: ހދ.ކުރިނބީ ކައުންސިލުގެ އިދާރާގައި |
2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00 |
2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލަކީ: ހުށަހަޅާ އެންމެ ކުޑަ އަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 20 ޕޮއިންޓެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
14 ޞަފަރު 1438