ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުން:

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ހޯދުމަށް ކުރެވުނު ނަންބަރު GS168/IUL/2016/54 އިޢުލާނާ ގުޅިގެން 3 (ތިނެއް) ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާނު ކުރަމެވެ.

  • 2 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • މަދުވެގެން 1 ކޮޓަރި އެއަރކޯން ކުރެވިފައިހުރުން.
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް، ވަކި މީޓަރެއް ލެވިފައިވުން. އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލުގެ އޮފީސް

 29 ނޮވެންބަރު 2016

އަންގާރަ

މެންދުރު ކުރި 11:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލުގެ އޮފީސް

 6 ޑިސެންބަރު 2016

އަންގާރަ

މެންދުރު ކުރި 11:00

ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

21 ޞަފަރު 1438 

21 ނޮވެންބަރު 2016
ހޯދާ