އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ (7 މަސްދުވަސް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް:

އަސާސީ މުސާރައިގެ % 35 (މަހަކު)

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް، މާލެ

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

1. ޔުނިޓުގެ މަސައްކަތްތައް، ސެކްޝަނުގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ބެލެހެއްޓުން.

2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ބަޖެޓުން ފައިސާ ޚަރަދުކުރުމުގެ އެންމެހައި މަސައްކަތެއް ކުރުން.

3. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ އެންމެހައި މަސައްކަތެއް ކުރުން.

4. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ޚަރަދު ރިޕޯޓާއި ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތަކާއި މާލީ ހިސާބުތަކާއި، އެހެނިހެން ހިސާބުތަކުގެ ލިޔެކިޔުންތައް އެކުލަވާލައި ތައްޔާރުކޮށް ފޮނުވުން.

5. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ޕެޓީކޭޝްއިން ޚަރަދުކުރުމުގެ އެންމެހައި މަސައްކަތެއް ކުރުން.

6. މުސާރައާއި އިތުރުގަޑީގެ ޝީޓް ތައްޔާރުކޮށް، މުސާރަ ހަވާލުކުރުމާ ގުޅޭ އެންމެހައި ކަންތައްތައް، ސެކްޝަނުގެ ވެރިޔާގެ ލަފާގެ މަތިން ކުރުމާއި ބެލެހެއްޓުން.

7. އޮފީހުގެ ބަޖެޓު ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތެއް، ސެކްޝަނުގެ ވެރިޔާގެ ލަފާގެ މަތިން، ކުރުމާއި ބެލެހެއްޓުން.

8. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތަކެއް ރައްކާކޮށް، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.

9. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވެދީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބަޖެޓު ފޮނުވުން.

10. ޔުނިޓުގެ މަސައްކަތްތަކާ ގުޅިގެން ދުވަހު ޔައުމިއްޔާ ތައްޔާރުކުރުމާއި، އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.

11. އެޑްމިން / ކައުންޓަރ މަސައްކަތްތައް ކުރުން.

12. އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ފައިނޭންސްގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށް، ތަޖުރިބާ ލިބިފައިވުން.

ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތާއި، އިންޓަވިއު އޮންނަ ތަން:

2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައި.

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 29 އަންގާރަ ދުވަހުގެ 13:30 ގެ ކުރިން،  ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އަންނަނިވި ލިޔެކިޔުންތަކާއެކު މި އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ www.agoffice.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އޮފީހުގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛

2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛

3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ؛

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ؛

6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ؛

7. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓު:

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި އޮފީހުގެ 3010100 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

17 ޞަފަރު 1438    

17 ނޮވެންބަރު 2016
ހޯދާ