ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޮޑެތިގަސްތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
އިޢުލާން
* އަންދާސީހިސާބު ބޭނުންވެއްޖެ:
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދ. ކުޑަހުވަދޫގައި މިހާރު ޕާކު ހަދާފައިވާ ސަރަޙައްދުގެ އުތުރުން ބޮޑުތަކުރުފާނުމަގާ ހަމައަށް ބޮޑެތިގަސްތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތާއި ފޯމު ދޫކުރުން 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 13:00 ގައި މަލްޓިޕާޕަސް އިމާރާތުގެ ސެމިނަރރޫމުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 28 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ޢިމާރާތުގެ ސެމިނަރރޫމުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
80% |
މުއްދަތު |
20% |
އިތުރު މަޢުލޫމާތު، މަޢުލޫމާތުކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ޞަފަރު 1438
17 ނޮވެންބަރު 2016
ހޯދާ