މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯ ފާމެއް ހޯދުމަށް

އިޢުލާން

މާލޭ ސިޓީ ކައުންސިލަށް ލީގަލް އެޑްވައިޒުދިނުމާއި ކޯޓްތަކުގައި ވަކާލާތުކުރާނެ ލޯ ފާމެއް ހޯދުން.

މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި އެކިއެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، މާލޭ ސިޓީ ކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތު ކޮށްދޭނެ ލޯ ފާމެއް ހޯދަން ބޭނުންވެއެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

އަންދާސީހިސާބު ހުށަހެޅުން

29 ނޮވެންބަރު 2016

އަންގާރަ

11:00

މާލޭ ސިޓީ ކައުންސިލުގެ އިދާރާގެ (މާފަންނު އޮފީސް ހިންގި ޢިމާރާތް)

އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް/ ކަނބާ އައިސާރަނިހިނގުން) އަށެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މިކަމާ ގުޅޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅާނީ: 7797510، ޢަލީ ނަޞީރު ޤާސިމް / ލީގަލް އޮފިސަރ                 

ޤާނޫނީ ލަފާދިނުމަށާއި ކޯޓުތަކުގައި ވަކާލާތުކުރުމަށް ލޯ ފާމެއް ހޯދުމާގުޅޭ މަޢުލޫމާތު

1 – މާލޭ ސިޓީ ކައުންސިލަށް ޤާނޫނި ލަފާދިނުން.

2 – ޤާނޫނީ ލިޔުންތައް (އެއްބަސްވުން) ތައްޔާރުކޮށްދިނުން.

3 – އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ މެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުން.

4-  މާލޭ ސިޓީ ކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތުކުރުމާއި މި ނޫންވެސް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކޮށްދިނުން.

5-  މަސައްކަތް ހަވާލުކުރެވޭނީ 1 އަހަރުގެ މުއްދަތަކަށެވެ.

6 – އަގު ހުށަހަޅާނީ މަހަކު 36 ގަޑިއިރު މި މަސައްކަތް ކުރެވޭނެ (ޖީ.އެސް.ޓީ ހިމެނޭގޮތަށް) ޖުމުލަ އަގެވެ.

7 – 36 ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާނަމަ، ގަޑިއިރަކަށް މަސައްކަތް ކުރެވޭނެ އަގު ވެސް ހުށަހަޅުން ވާނެއެވެ.

8 – އަންދާސީހިސާބު ހުށަހަޅާއިރު، ލޯފާމްގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.

9 – މަސައްކަތް ހަވާލުކުރެވޭނީ ތިރީގައިވާ އުސޫލުން ޕޮއިންޓުދިނުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތަކަށެވެ.

(ހ) އަގަށް: 50 ޕޮއިންޓް (އެކަށީގެންވާ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް)

* 36 ގަޑިއިރު މަސައްކަތް ކުރެވޭނެ އަގު: 40 ޕޮއިންޓް

 * އިތުރުގަޑީގެ ގަޑިއިރަކަށް: 10 ޕޮއިންޓް

(ށ) ތަޖުރިބާ: 30 ޕޮއިންޓް

(ނ) މި އިދާރާއަށް ވަގުތުދެވޭ މިންވަރަށް: 15 ޕޮއިންޓް

(ބ) ޕްރޮޕޯޒަލް: 5 ޕޮއިންޓް

10- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި (މި ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.)

  • ލޯފާމުގެ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަންގެ އަސްލާ އެއްގޮތް ކޮޕީ
  • ލޯފާމުގެ ރެޖިސްޓްރޭޝަންގެ އަސްލާ އެއްގޮތް ކޮޕީ
  • ލޯފާމުގެ އަހަރީ ފީ ދައްކާކަމުގެ ލިޔުން
  • ވަކީލުންގެ ސީ.ވީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީއާއި ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ

11– މަތީގައި (10 ވަނަ ޕޮއިންޓުގައި) ބަޔާންކޮށްފައިވާ ލިޔުންތައް އަންދާސީހިސާބުގައި ހިމެނިފައިނުވާނަމަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ޕޮއިންޓުދިނުމަށް ބޭނުންވާ އެއްވެސް މަޢުލޫމާތެއް ފުރިހަމަނުވާނަމަ، އެބަޔަކަށް ޕޮއިންޓު ނުލިބޭނެއެވެ.

12– އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑީގެ ފަހުން، އަންދާސީހިސާބަށް ބަދަލުގެނައުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަގުހުށަހަޅާ ފޯމު

ޤާނޫނީ ލަފާ ދިނުމަށާއި ކޯޓްތަކުގައި ވަކާލާތުކުރުމަށް ލޯ ފާމެއް ހޯދުން

425-A1/1/2016/00 (IUL) ނަންބަރު އިޢުލާނާ ގުޅޭ

ލޯ ފާމެއް ކުއްޔަށް ދޫކުރުމަށް އެދި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު:

ފުރިހަމަ ނަން:

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު:

ދާއިމީ އެޑްރެސް:

މިހާރުގެ އެޑްރެސް:

މޮބައިލް ނަންބަރު:

ލޯ ފާމެއް ކުއްޔަށް ދޫކުރުމަށް އެދި ހުށަހަޅާ ކުންފުނީގެ މަޢުލޫމާތު:

ކުންފުނީގެ ނަން:

ކުންފުނީގެ ރަޖިސްޓަރީ ނަންބަރު:                  ރަޖިސްޓަރީކުރި ތާރީޚު:            

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ:

މިހާރުގެ އެޑްރެސް:

ފޯން ނަންބަރު:                           ފެކްސް ނަންބަރު:

އަގު

ހުށަހެޅި ފަރާތް

36 ގަޑިއިރު މަސައްކަތް ކުރެވޭނެ އަގު (ޖީ.އެސް.ޓީ އާއެކު)

އިތުރުގަޑީގެ ގަޑިއިރަކަށް މަސައްކަތް ކުރެވޭނެ އަގު (ޖީ.އެސް.ޓީ އާއެކު)

1

 

 

މި އިދާރާއަށް ވަގުތު ދެވޭނެ މިންވަރަކީ ( ދުވާލަކަށް)............... ގަޑިއިރެވެ.

                                                      ސޮއި:

                                                      ނަން:                                                                                             ތާރީޙް:

                                                      ކުންފުނީގެ ތައްގަނޑު:                                                      

ބިޑް ސިޓީއުރަ ކެނޑުން އޮންނާނީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 ގައެވެ.

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ