މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ސީ.ޓީގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މާލޭ ސިޓީ ކައުންސިލަށް ތިރީގައި މިދަންނަވާ އައި.ސީ.ޓީގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން:

މި އިދާރާގެ އައި.ސީ.ޓީ ސެކްޝަނުގައި ނެޓްވާރކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

އަންދާސީހިސާބު ހުށަހެޅުން

28 ނޮވެންބަރު 2016

ހޯމަ

11:00

މާލޭ ސިޓީ ކައުންސިލް އިދާރާގެ (މާފަންނު އޮފީސް ހިންގި ޢިމާރާތް)

ތިރީގައި މި ދަންނަވާ އައި.ސީ.ޓީ ގެ މަސައްކަތުގެ އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 9179622 މި ނަންބަރާ ގުޅުއްވުން އެދެމެވެ. އަދި  މިކަމާގުޅޭ މަޢުލޫމާތުޝީޓު މި އިޢުލާނުގައި ހިމެނިފައިވާނެއެވެ.

ކޮންޓްރެކްޓް އުސޫލުން އައި.ސީ.ޓީގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާ ގުޅޭ މަޢުލޫމާތު

  1. ނެޓްވާރކް ބަލަހައްޓަންޖެހޭ 4 ޢިމާރާތުގެ (ހުރަވީ ބިލްޑިންގ، މައްޗަންގޮޅިއޮފީސް، މާފަންނުއޮފީސް، ހުޅުމާލެއޮފީސް) ގެ ނެޓްވާރކް ބެލެހެއްޓުން.
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ އޮފީސް ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.
  3. އޮފީހުގެ ސަރވަރ އަޕްޑޭޓްކޮށް މެއިންޓެއިންކުރުން.
  4. އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮންޕިއުޓަރުތަކަށް ނެޓްވާރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.
  5. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި، ސެކިއުރިޓީ ބެލެހެއްޓުން.
  6. އޮފީހުގެ ކޮންޕިއުޓަރ ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ޙައްލުކޮށް މެއިންޓެއިން ކުރުމުގެ ކަންތައްތައް ކުރުން.
  7. އޮފީހުގެ އިންޓްރާނެޓާއި އިންޓަރނެޓް މެއިންޓެއިންކޮށް އަޕްޑޭޓުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  8. އޮފީހުގެ ޕީ.އޭ.ބީއެކްސް ސިސްޓަމް ބެލެހެއްޓުން.
  9. އޮފީހުގައި ބޭނުންކުރާ އައި.ޕީ ފޯނުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ބަދަލު ގެންނަންޖެހޭ ތަންތަނަށް ބަދަލު ގެނައުން.
  10. މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކޮންމެ ވަގުތަކުވެސް އެކަމެއް ޙައްލުކުރުމަށް އެހީތެރިވުން.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1- ޖީ.އެސް.ޓީ ދައްކަވާނަމަ، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަނޔގެ ކޮޕީ

2- ކުންފުނީގެ ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީ

3- ކުންފުނީގެ އަހަރީފީ ދައްކާކަމުގެ ލިޔުން

  • އިވެލުއޭޝަން ކްރައިޓީރިއާ
    • ތަޖުރިބާ      %30
    • އަގު        %70

އަގު ހުށަހަޅުއްވާނީ 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 އަށް މާލެ ސިޓީ ކައުންސިލުގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް/ ކަނބާއައިސާރަނި ހިނގުން) އަށެވެ. ބިޑް ސިޓީއުރަ ކެނޑުން އޮންނާނީ ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 ގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 3321684 / 9179622 (އައި.ސީ.ޓީ ސެކްޝަން/ ޢަބްދުﷲ ރަމީޒު)

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ