ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރަށް މި ސްކޫލުގައި ކުރަންޖެހޭ ތިރީގައި ދެންނެވިފައިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ސްކޫލުގެ ހޯލުގައި ކުލަލުން (އެތެރޭގައި)
2- ވޯކްވޭގައި ކުލަލުން
3- ދަންދިއްފަރު ޢިމާރާތުގައި ކުލަލުން.
LKG- B -4 ކްލާސްރޫމުގެ ބޮޑުދޮރު ނަގައި ހުރިތަން ނޫން އެހެން ތަނަކަށް ބަދަލުކުރުން.
5- ސްކޫލުގެ 4 ފާޚާނާގެ ތަށިމުށިތައް ނަގައި އަލުން ތަޅުން އަޅައި ތަށިމުށި ބަދަލުކުރުން.
6- ދަންދިއްފަރު ޢިމާރާތުގެ ބޮޑުދޮރުފަތް ނަގައި އެލްމެނިއަމް ދޮރުފަތަކަށް ބަދަލުކުރުން
7- ސްކޫލުގެ ހޯލާއި ލެބޯޓްރީއާ ދޭތެރޭ ވޯކްވޭއެއް ހިޔާކުރުން.
8- ޕްރީސްކޫލް އޭރިޔާގައި ފެންސް ޖެހުން
9- 6 ދޮރުފަތް ޑިޒައިން ދޮރުފަތަށް ބަދަލުކުރުން.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވަނަ ދުވަހުގެ 11:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 11:00 އަށް ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތުދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގރޫމުގައެވެ.
މަސައްކަތުގެ އަގު %65
މުއްދަތު %25
މަސައްކަތުގެ ތަޖުރިބާ %5
މާލީ ޤާބިލުކަން %5
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެއީ ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނޭ ލިޔުމަކާއެކު ފޮނުވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.