މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން

އިޢުލާން

މި ކައުންސިލުގެ އިދާރާއާއި ކައުންސިލުގެ އިދާރާގެ ގޯތީގައި ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00ގައި މި އިދާރާއަށް މެއިލުން ނުވަތަ ސިޓީއުރައެއްގައި ބަންދުކުރައްވައި، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] ، [email protected] އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 7715111 ނުވަތަ 9994828 އާއެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

50%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ބަލައި އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

(Benchmark Price / Submitted Price) x Allocated Percentage

ފަންނީ  ތަޖުރިބާ

30%

  • ޚިދުމަތް ދިނުމުގައި ފަންނީ ތަޖުރިބާއަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި މިބާވަތުގެ މަސައްކަތް އެންމެ ގިނައިން ކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ % ހުރިހާ މަސައްކަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައިން މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

 

(Submitted experience / Benchmark experience) x Allocated Percentage

މާލީ ތަނަވަސްކަން

10%
  • މާލީ ތަނަވަސްކަމަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ބެންކް ސްޓޭޓްމަންޓްތައް ބަލައި އެންމެ ގިނަ ފައިސާ ބެންކް އެކައުންޓުގައި ހުރިފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަދަދެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ބެންކް އެކައުންޓުގައި އެންމެ ގިނަ ފައިސާ ހުރި ފަރާތަކަށެވެ.

 

(Submitted Financial capability / Benchmark Financial capability) x Allocated Percentage

މުއްދަތު

10%
  • މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅުއްވާފައިވާ މުއްދަތުތަށް ބަލައި އެންމެ ކުރު މުއްދަތު ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Period / Submitted Period) x Allocated Percentage

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ