މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ކްލާސްރޫމުގައި މުށިޖެހުން

އިޢުލާން

* އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ އިޢުލާން ނަންބަރު: GS87/IUL/2016/20 (23 އޮކްޓޫބަރު 2016) އަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

* 1 ކްލާސްރޫމުގައި މުށިޖެހުން  

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 10:30 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 10:30 އަށް މި މަދަރުސާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި، ހުށަހަޅުއްވާ މަސައްކަތުގެ ނަން ލިޔުއްވާފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6500576 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

14 ޞަފަރު 1438  

14 ނޮވެންބަރު 2016
ހޯދާ