ދިވެހިރާއްޖެ
"މި ސްކޫލުގެ ކޮމްޕައުންޑް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް" 2016 އޮކްޓޫބަރު 25 ކުރި HS-B/IUL/2016/18 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ ކޮމްޕައުންޑް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
21 ނޮވެންބަރު 2016 |
ހޯމަ |
ހެނދުނު 11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
24 ނޮވެންބަރު 2016 |
ބުރާސްފަތި |
ހެނދުނު 11:00 |
13 ޞަފަރު 1438