ދިވެހިރާއްޖެ
ތިރީގައި މި ދަންނަވާ މަސައްކަތް މި ސްކޫލުގައި ކުރަން ބޭނުންވެއްޖެއެވެ.
1- މިހާރުހުރި ދަރިވަރުންގެ ފާޚާނާބަރީގެ ދެކުނުން އެއް ފާޚާނާ އިތުރުކުރުން
2- ސްކޫލުގެ ބޯފެންތާނގީ މިހާރުހުރިތަނުން އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް
3- މައިހޯލުގެ ނަލަފިލާ ނައްޓައި ފިލާ ބަދަލުކުރުން
4- 10 ވައިޓްބޯޑު ހެދުން
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރަން އެދޭ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ތާރީޚުތަކަށް ސްކޫލަށް ވަޑައިގެން ތާވަލުގެ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.
މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014 އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް މެނުވީ މި ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ހިމަންދޫ ސްކޫލް |
ހޯމަ |
21 ނޮވެންބަރު 2016 |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
ހިމަންދޫ ސްކޫލް |
ހޯމަ |
28 ނޮވެންބަރު 2016 |
10:00 |