ދިވެހިރާއްޖެ
މި ސްކޫލުގެ ނަންބަރު GS-148/IUL/2016/23 އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ އެންމެ ފަރާތެއްކަމުން އެ އިޢުލާން ބާޠިލުކުރަމެވެ.
ހިމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014 އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތައް ތިރީގައި މިދަންނަވާ ތާރީޚަށް ހިމަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް މެނުވީ އަންދާސީހިސާބުގައި ބައިވެރިއެއްނުވެވޭނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ދިވެހި ރައްތިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅަކީ ކުންފުނީގެ ވެރިފަރާތް ނޫންނަމަ، ކުންފުނީގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމުން އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާ ދެމެދު 6660842 އަށް ގުޅުއްވައިގެން ނުވަތަ ހިމަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ހިމަންދޫ ސްކޫލް |
ހޯމަ |
21 ނޮވެންބަރު 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ހިމަންދޫ ސްކޫލް |
ހޯމަ |
28 ނޮވެންބަރު 2016 |
11:00 |