ދިވެހިރާއްޖެ
އިޢުލާން
ހއ. ތުރާކުނު ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު:
ހއ. ތުރާކުނު ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)244-CAA/244/2016/55 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ހއ. ތުރާކުނު ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 ގައި މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޒިރުވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޞަފަރު 1438