ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ |
||||||||||||||||||||
މި މަދަރުސާގެ ޕްރިންޓްރޫމުގެ ތެރޭގައި ފާޓިޝަނެއް ޖަހައި ހެލްތުރޫމެއް އަމިއްލަ ތަކެތީގައި ހަދައިދޭނޭ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:00 ގައި މި މަދަރުސާގައި މިކަމަށްޓަކައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުން ނިމުމުގެ ކުރިން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:00 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، އެއް ފަރާތަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި މީހަކު ބައިވެރިކުރާނަމަ، އެކަން އެނގޭގޮތަށް އޮތް ސިޓީއެއް ހުށަހަޅަންވާނެއެވެ.
|