ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ކޮމިއުނިޓީ ހެލްތު އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް، ކަނޑައެޅިފައި އޮންނަ ރޭޓަށް، ރިސްކް އެލަވަންސް.

ޑިވިޜަން/ ސެކްޝަން:

ޕަބްލިކް ހެލްތު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް:

ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒު/ ތ. ތިމަރަފުށި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހެލްތު މާސްޓަރ ޕްލޭނާއި އެހެނިހެން ޤައުމީ/ ސްޓްރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް، އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލާއި އެކި ޖަމްޢިއްޔާތަކާ ގުޅިގެން، ރަށުފެންވަރުގައި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2. އާންމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތަކުގައި ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި އެފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.

4. ރަށުފެންވަރުގައި ޞިއްޙީގޮތުން ކުރެވޭ މަސައްކަތްތައް މަހަކު އެއްފަހަރު ރަށުކައުންސިލާ ހިއްސާކޮށް، ކޮންމެ 3 މަހަކުން އެއްމަހު ބައްދަލުކޮށް، މަޝްވަރާކޮށް، ކައުންސިލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5. ޕަބްލިކް ހެލްތު ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް،  އެމީހުންގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމަށް ބާރުއަޅައި، އެހީތެރިކަން ފޯރުކޮށްދިނުން.

6. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ރަށުފެންވަރުގައި ދިރާސާކުރުމަށްފަހު ގަވާއިދުން ފޮނުވުން.

7. ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ރަށުފެންވަރުގައި ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލައި، އެއަށް ޢަމަލުކުރުން.

8. ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

10. ގައިންގަޔަށް އަރާ ބަލިތަކާއި، އެކިއެކި ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްރޮގްރާމުތަކުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

11. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ހަރަކާތްތަކާއި، ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވައި ހިންގުން.

12. މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވައި ހިންގުން.

13. އެ ރަށެއްގެ އަދި އެ އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.

14. އާންމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ރަށުކައުންސިލާއި، އަތޮޅު ހޮސްޕިޓަލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރުން.

15. އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި، އާންމު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުން.

16. އާންމު ޞިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުން.

17. ފާމަސީތަކާއި، ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ފަދަ ތަންތަނާއި، އެކްސްޕޯޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

18. އެ އަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކުގެ ޕަބްލިކް ހެލްތު ޔުނިޓްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، މަސައްކަތްތައް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

19. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސްކޫލާއި، އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޮފީހުން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕުގެ ކޮޕީ)

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތަކުގައި، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ލިޔުންތައް ހިމެނުން އެދެމެވެ.

ތަޢުލީމާއި ތަޖުރިބާ:

1. ޕްރައިމަރީ  ހެލްތު  ކެއަރގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ވުން. ނުވަތަ؛

2. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ސުންގަޑި:

2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތ. އަތޮޅު ހޮސްޕިޓަލަށް. (ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ، ތ. އަތޮޅު ހޮސްޕިޓަލުންނެވެ. ފޯމުތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށެވެ.)

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ނޮވެންބަރުމަހު، ތ. އަތޮޅު ހޮސްޕިޓަލުގައި (ފަޒީފާއަށް އެދޭ ފަރާތްތައް 10 އަށްވުރެ އިތުރުވާނަމަ، އިންޓަވިއު ކުރެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6780058 އެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016
ހޯދާ