ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮޑިޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީގެ ނަންބަރު (IUL)221-AF/221/2016/25 ގެ އިޢުލާނާ ގުޅިގެން ޝަރުޠުހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

 

މަޤާމް: އޮޑިޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކުލެސިފިކޭޝަން: MS2

އަސާސީ މުސާރަ: މަހަކު -/6،295 ރުފިޔާ 

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

އިތުރު ޢިނާޔަތްތައް:

1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

2. ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3,000 ރުފިޔާ (ތިންހާސް ރުފިޔާ) ދެވޭނެއެވެ.

 

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިވިފައިވުން. ނުވަތަ،

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި އެހެން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

1. ކައުންސިލްތަކުގެ ފައިސާއާބެހޭ ޕޮލިސީތައް ކަނޑައެޅުމާއި، އިންޓަރނަލް ފައިނޭންސް އޮޑިޓް ޕްރިސީޖަރ ތައްޔާރުކުރުމާއި، ކޮންޓްރޯލްތައް ގެންގުޅެވޭނެ ނިޒާމެއް ޤާއިމްކުރުން.

2. ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި ކައުންސިލްތައް އޮޑިޓްކޮށް ބަލަންޖެހޭ ތަފާތު ބެލުންތައް ބަލައި، ކަމާ ގުޅޭ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.

3. ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެލް.ޖީ.އޭ މެދުވެރިކޮށް ހިންގަން ހަވާލުކުރާ މަޝްރޫޢުތަކުގެ ފައިނޭންޝަލް އޮޑިޓިންގ ހެދުމަށް އެހީތެރިވެދިނުން.

4. އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި، މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދޭ ފޯމު

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީއެއް.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

5. ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

މި  މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  މަތީގައިވާ  ލިޔުންތަކާއެކު،  2016  ނޮވެންބަރު  24  ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު

- ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 15:00 އަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގުގެ ގްރައުންޑު ފްލޯއިން)  ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް، www.lga.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.

- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.

- އިތުރު މަޢުލޫމާތު، މި އޮތޯރިޓީގެ 3013121 ނަންބަރު ފޯނުންނާއި، 3006724 ނަންބަރު ފޯނުން ސާފުވާނެއެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ