ދިވެހިރާއްޖެ
އިޢުލާނު
ބީލަމުގެ އުސޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން
މި މިނިސްޓްރީގެ ނަންބަރު (IUL)30-E/30/2016/91 (01 ނޮވެންބަރު 2016) އިޢުލާނުގައި ގއ. އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން މިދަންނަވާ 3 ރަށް އުނިކޮށްފީމެވެ.
- އޮޑަގައްލާ
- މައްތިދޫ
- ގަލަންދޫ
އަދި، އިޢުލާނުގައި ހިމެނޭ އިތުރު ރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް ފޯމު ވިއްކުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލި ވާހަކަ ދަންނަވަމެވެ.
- ގއ. ފަޅުކޮޑުރަޓާ (ކޮޑަފުއްޓާ) (0.19 ހެކްޓަރ)
- ގއ. ބޭރުހުއްޓާ (9.8 ހެކްޓަރ)
- ގއ. ބޮޑުފުށި (0.34 ހެކްޓަރ)
- ގއ. ޅޮއްސާ (10.9 ހެކްޓަރ)
- ގއ. ކޯއްޑޫ (1.5 ހެކްޓަރ)
- ގއ. އުހެރެހާ (6.5 ހެކްޓަރ)
- ގއ. ފެންރެހާ (1.5 ހެކްޓަރ)
- ގއ. ފެންރެހާހުއްޓާ (4.8 ހެކްޓަރ)
- ގއ. މާކަނާރަޓާ (1.82 ހެކްޓަރ)
- ގއ. ކޮޑަގެފުއްޓާ (1.0 ހެކްޓަރ)
- ގއ. އިދިމާ (5.0 ހެކްޓަރ)
- ގއ. ބަބެރާހުއްޓާ (3.0 ހެކްޓަރ)
- ގއ. މާފެހެލާ (49.4 ހެކްޓަރ)
- ގއ. މެދުރެހާ (7.9 ހެކްޓަރ)
- ގއ. ދެއްވަލާބަދޫ (8.5 ހެކްޓަރ)
- ގއ. ދިގުދޫ (ދިގެދޫ) (14.1 ހެކްޓަރ)
- ގއ. މިނިމެންސާ (މިނިމެއްސާ) (1.4 ހެކްޓަރ)
ބިޑު ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00 އަށް މި މިނިސްޓްރީންނެވެ.
ބިޑު ފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާ އެވެ.
މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުތައް ތިރީގައި މިވަނީއެވެ.
މަޢުލޫމާތު ދިނުން |
22 ނޮވެންބަރު 2016 |
ޕްރޮސެސިންގ ފީ ބަލައިގަތުން |
23 ނޮވެންބަރު 2016 އިން 28 ނޮވެންބަރު 2016 އަށް، (ހެނދުނު 8:30 އިން މެންދުރުފަހު 13:00 އަށް) މިނިސްޓްރީގެ ކައުންޓަރުން |
ފޯމު ހުށަހެޅުން |
29 ނޮވެންބަރު 2016 |
15 ޞަފަރު 1438