ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ
2016 ވަނަ އަހަރު ދިރިއުޅުމަށްޓަކައި ހުޅުދެލިން ބަންޑާރަ ގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 42 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް ތިރީގައި ދަންނަވާފައި މިވަނީއެވެ.
ސަރަޙައްދު 1: މަލާޒްގެއާއި ނަލަހިޔާގެއާ އިންވެގެން ހުޅަނގަށް އޮތް 2227 އަކަފޫޓުގެ 1 ގޯތި
ސަރަޙައްދު 2: ބީޗްގެއާއި ޕާލްގެއާ އިންވެގެން ހުޅަނގުން އޮތް 1700 އަކަފޫޓުގެ 2 ގޯތި
ސަރަޙައްދު 3: ކުރީގެ ވެންގިރިގޯތިން 1469 އަކަފޫޓުގެ 1 ގޯއްޗާއި 1472 އަކަފޫޓުގެ 1 ގޯތި
ސަރަޙައްދު 4: އަސުރުމާގެއާ އިންވެގެން އިރުން އޮތް 1679 އަކަފޫޓުގެ 1 ގޯތި
ސަރަޙައްދު 5: ރަށުގެ ޗާޓުން ފާހަގަކޮށްފައިވާ 2000 އަކަފޫޓުގެ A1 ން A5 އަށް 36 ގޯތި
ވީމާ، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރުއްވުމަށްފަހު 2016 ނޮވެންބަރު 16 ވަނަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 6 ވަނަ ދުވަހުގެ 13:30ގެ ކުރިން ހުޅުދެލީ ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ (ފޯމު ދޫކުރާ މުއްދަތުގައި) ރަސްމީ ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6760049 ފޯނާއެވެ.
ގޯއްޗަށް އެދޭ ފަރާތްތަކުގައި ހުންނަންވާނެ ޝަރުޠުތައް
- ދިވެހިރައްޔިތެއް ކަމުގައިވުން.
- އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.
ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލު
1. އުމުރުގެ ބައި |
||
1.1 |
އުމުރުން 18 އަހަރާއި 22 އަހަރާ ދެމެދު ނަމަ |
5 |
1.2 |
އުމުރުން 23 އަހަރާއި 27 އަހަރާ ދެމެދު ނަމަ |
7 |
1.3 |
އުމުރުން 28 އަހަރާއި 32 އަހަރާ ދެމެދު ނަމަ |
9 |
1.4 |
އުމުރުން 33 އަހަރާއި 37 އަހަރާ ދެމެދު ނަމަ |
11 |
1.5 |
އުމުރުން 38 އަހަރުން މަތި |
13 |
2. ރަށްވެހިކަމުގެ ބައި |
||
1 |
ދ.ހުޅުދެލީގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާތާ 5 އަހަރުވެފައިވާނަމަ |
20 |
2 |
ދ.ހުޅުދެލީގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާތާ 5 އަހަރުނުވާނަމަ |
10 |
3 |
އެހެން ރަށެއްގެ ރަށްވެއްސަކު ދ.ހުޅުދެލީގެ ރަށްވެއްސަކާ އިނދެގެން ދ.ހުޅުދެލީގައި 5 އަހަރު ދިރިއުޅެފައިވާނަމަ |
3 |
4 |
އެހެން ރަށެއްގެ ރަށްވެއްސަކު ދ.ހުޅުދެލީގެ ރަށްވެއްސަކާ އިނދެގެން ދ.ހުޅުދެލީގައި 5 އަހަރު އުޅެފައިނުވާނަމަ |
2 |
5 |
ދ.ހުޅުދެލި ފިޔަވައި ރާއްޖޭގެ އެހެންރަށެއްގެ ރަށްވެއްސެއްނަމަ |
1 |
3. ކައިވެނީގެ ބައި |
||
1 |
ކައިވެނިކޮށްގެން ދިރިއުޅޭނަމަ |
25 |
2 |
ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް 18 އަހަރުން ދަށުގެ ދަރިން ތިބިނަމަ |
10 |
4. ބަލަދުވެރިންގެ ބައި |
||
1 |
ގޯއްޗަށް އެދޭ މީހާގެ، ގޯއްޗެއް ނެތް 18 އަހަރުން ދަށުގެ ކޮންމެ އުފަންދަރިއަކަށް |
5 |
2 |
ގޯއްޗަށް އެދޭ މީހާގެ، ގޯއްޗެއް ނެތް 18 އަހަރުން ދަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކޮންމެ އުފަންދަރިއަކަށް |
2 |
3 |
އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ، ގޯތި ނެތް ކޮންމެ މީހަކަށް (މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.) |
2 |
5. ޕޮއިންޓު އުނިކުރުމުގެ ބައި |
||
5.1 ގޯއްޗަށް އެދޭ މީހާއާއި، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު |
||
5.1.1 |
ގޯއްޗަށް އެދޭ މީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނެތްނަމަ |
30 |
5.1.2 |
ގޯއްޗަށް އެދޭ މީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްްނަމަ |
30- |
5.1.3 |
ގޯއްޗަށް އެދޭ މީހާގެ އަނބި/ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްނަމަ. |
60- |
5.1.4 |
ގޯއްޗަށް އެދޭ މީހާއަށް 2000 އަކަފޫޓަށްވުރެބޮޑު ގޯއްޗެއް ލިބެން އޮތްނަމަ |
30- |
5.1.5 |
ގޯއްޗަށް އެދޭ މީހާގެ އަނބި/ފިރިމީހާއަށް 2000 އަކަފޫޓަށްވުރެބޮޑު ގޯއްޗެއް ލިބެން އޮތްނަމަ |
30- |
5.1.6 |
ގޯއްޗަށް އެދޭ މީހާާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 އަކަފޫޓަށްވުރެ ކުޑަބިންކޮޅެއް ގޯއްޗަކުން ލިބި، ލިބެން އޮވެ އެހެންމީހަކަށް އެބިންކޮޅު ދޫކޮށްފައިވާނަމަ. |
20- |
5.1.7 |
ގޯއްޗަށް އެދޭ މީހާާއަށް 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ލިބިފައިވާނަމަ |
10- |
5.2 ގޯއްޗަށް އެދޭ މީހާގެ މައިން /ބަފައިން ދުނިޔޭގައި ނެތް ޙާލަތު |
||
5.2.1 |
ގޯއްޗަށް އެދޭ މީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެެހުމުންޖެހޭ މިންވަރު 2000 އަކަފޫޓަށްވުރެ ބޮޑުނަމަ |
15- |
5.2.2 |
ގޯއްޗަށް އެދޭ މީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުންޖެހޭ މިންވަރު 1400 - 2000 އަކަފޫޓު ހަމަވާނަމަ |
10- |
5.2.3 |
ގޯއްޗަށް އެދޭ މީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުންޖެހޭ މިންވަރު 600-1400 އަކަފޫޓު ހަމަވާނަމަ |
5- |
5.3 ގޯއްޗަށް އެދޭ މީހާގެ މައިންބަފައިން ދުނިޔޭގައި ތިބި ޙާލަތު |
||
5.3.1 |
ގޯއްޗަށް އެދޭ މީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެެހުމުންޖެހޭ މިންވަރު 2000 އަކަފޫޓަށްވުރެ ބޮޑުނަމަ |
3- |
5.3.2 |
ގޯއްޗަށް އެދޭ މީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުންޖެހޭ މިންވަރު 1400 - 2000 އަކަފޫޓު ހަމަވާނަމަ |
2- |
5.3.3 |
ގޯއްޗަށް އެދޭ މީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުންޖެހޭ މިންވަރު 600-1400 އަކަފޫޓް ހަމަވާނަމަ |
1- |
ގޯތި ލިބޭގޮތް:
- ގޯތި ލިބެންޖެހޭ މީހުން ހޮވާނީ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން، އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާމީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
- ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓުގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ، ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިންމިއްޖެނަމަ، ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސްނުވެއްޖެނަމަ، ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.
- 2000 އަކަފޫޓުގެ 36 ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 36 ފަރާތުގެ މެދުގައި ގުރުއަތުލައިގެންނެވެ. ބާކީ އޮތް 6 ގޯތި ދިނުމަށް ހަމަޖެހިފައިވަނީ، ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 6 ފަރާތުގެ މެދުގައި ގުރުއަތުލައިގެންނެވެ.
- ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ހަމަޖެހިފައިވާ އުސޫލުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.