ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ނަންބަރު:(IUL)GS63-AD/GS63/2016/31 އިޢުލާނުގައި މައްސަލަ ހުުރުމާއެކު އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް (ދެކޮޓަރިއާއި ސިޓިންގްރޫމް އަދި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 29 ވާ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދިވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި 2016 ނޮވެންބަރު 29 ވާ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ. ބިޑު ހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާ އެއްގޮތަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. ވެރިފަރާތް ނޫން އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.
13 ޞަފަރު 1438