ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ 2 ކްލާސްރޫމުގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް
މިސްކޫލުގެ ނަންބަރު GS124/IUL/2016/33 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލިވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މި ސްކޫލުގެ 2 ކްލާސްރޫމުގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580316 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.
10 ޞަފަރު 1438