ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް.އާރް ސިސްޓަމް ސޮފްޓްވެއަރ އިންސްޓޯލް ކުރުމާބެހޭ

އިޢުލާން

މި އިދާރާގައި އެޗް.އާރް ސިސްޓަމް ސޮފްޓްވެއަރ އިންސްޓޯލް ކުރުމާބެހޭ

މި ކައުންސިލް އިދާރާގައި އެޗް.އާރް ސިސްޓަމް ސޮފްޓްވެއަރ އިންސްޓޯލް ކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު IUL)407/407/2016/40) އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް އިއުލާން ކުރީމެވެ. 

ވީމާ، މިމަސައްކަތް ކޮށްދޭނެ ފަރާތްތަކުން 17 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ ނުވަތަ އެދުވަހުގެ ހެނދުނު 10:00 އިން 10:30 އާ ދެމެދު މި އިދާރާގެ ނަންބަރު 6820027 / 7450301 ފޯނާ ގުޅާ މަޢުލޫމާތު ސާފުކުރުމަށްފަހު، 24 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ފަރާތްތަކާއި ނުވަތަ ކަނޑައެޅިފައިވާ ގަޑީގައި ދެންނެވިފައިވާ ނަންބަރުތަކަށް ގުޅައި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެނެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ނޮވެންބަރު 2016
ހޯދާ