ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކުރުމާބެހޭ

މި ސްކޫލުގެ ބައެއް މަރާމާތުތައް ކުރުމާބެހޭ

މި މަދަރުސާއިން ކުރި ނަންބަރު GS-91/IUL/2016/06 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބައެއް އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްތައް (ތިރީގައިވާ މަސައްކަތްތައް) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބޯފެންތާނގީތައް މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުން
  • ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތު ކުރުން
  • 3 ކްލާސްރޫމުގައި މުށިޖެހުން

މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

07 ނޮވެންބަރު 2016
ހޯދާ