ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ޕްރީ ސްކޫލް ކުދިންގެ ކުޅޭ ސަރަޙައްދު ހަދަން ބޭނުންވެއްޖެ

އިޢުލާން

މިމަރުކަޒުން ދޭ ނަމޫނާއަކާ އެއްގޮތަށް ޕްރީ ސްކޫލް ކުދިންގެ ކުޅޭސަރަޙައްދު ހަދަން ބޭނުންވެއްޖެ

މި މަރުކަޒުގެ ނަންބަރު (IUL)GS-38-A/GS-38/2016/22  (19/10/2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 14:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަނުވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީހިސާބު ހުށަނާޅުއްވައިފިނަމަ، ގަވާއިދުން އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700026 ފޯނާ ގުޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވަންޖެހޭ ތަކެތި:

    1. އަންދާސީހިސާބު (ޕްރޮޕޯޒަލް)

    2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

    3. މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ

09 ނޮވެންބަރު 2016
ހޯދާ