ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ސާވޭ ހެދުމާގުޅޭ

އިޢުލާން

ފ.މަގޫދޫ ގޮނޑުދޮށް ޙީމާޔަތްކުރުމަށް ބޭނުންވާ ސާވޭ ހެދުމާގުޅޭ

ފ.މަގޫދޫ ގިރާސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ. އައި. އޭ) ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލުގެ ނަންބަރު 6740014 އާ ގުޅުއްވުން އެދެމެވެ. މި ކައުންސިލުގެ އީ-މެއިލް އެޑްރަހަކީ [email protected] އެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ