ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
|
މަޤާމުގެ ރޭންކް: |
GS4 |
|
މުސާރަ: |
މަހަކު -/5020 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|
ޢިނާޔަތްތައް: |
1. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %35 2. ރިސްކު އެލަވަންސްގެގޮތުގައި، ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
|
ސެކްޝަން: |
ޕްލޭނިންގ ސެކްޝަން (ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓް) |
|
މަޤާމުގެ ޝަރުޠު: |
1. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ނުވަތަ ސްޓެޓިސްޓިކަލްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. މަސައްކަތުގެ ތަޖުރިބާ: އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް / ސްޓެޓިސްޓިކަލްއާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. އެކިއެކި ފަރާތްތަކުން ހޯދުމަށް ހުށަހަޅާ މި އެޖެންސީއާ ގުޅޭ ތަފާސްހިސާބު ތައްޔާކޮށް، ކަމާ ގުޅޭ ފަރާތްތަކާ ހިއްސާކުރުން. 2. ސަރުކާރު އެކިއެކި އޮފީސްތަކުންނާއި، ބޭރުގެ އެހީ ފޯރުކޮށްދެމުން ގެންދާ ފަރާތްތަކުން މި އެޖެންސީން ދެމުންގެންދާ އެހީތަކާ ގުޅިގެން ތައްޔާރުކުރާ ތަފާސްހިސާބު ބަލައި ކަށަވަރުކުރުން. 3. އެޖެންސީގެ އެކިއެކި ޑިވިޜަންތަކުން ބޭނުންވާ ތަފާސްހިސާބު ތައްޔާރުކުރުން. 4. ސަރުކާރު އެކިއެކި ނިންމުން ނިންމުމަށް ("އެވިޑެންސް ބޭސްޑް ޑިޒިޝަނަށް") ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. 5. މި އެޖެންސީން ކުރިއަށްގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ތަފާސްހިސާބު މަހުން މަހަށް ތައްޔާރުކޮށް ބެލެހެއްޓުން. 6. އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރަންޖެހޭ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރުން. 7. އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކަށް ބޭނުންވާ ފޯމުތައް ހެދުމާއި، އެ ފޯމުތައް ތަޢާރަފްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 8. އާސަންދަ ސްކީމާ ގުޅިގެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް، ވެރިންގެ އިރުޝާދުގެދަށުން ތައްޔާރުކޮށް ފޮނުވުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މުޢާމަލާތްތައް ކުރުން. 9. އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސް ސްކީމް ބޯޑުގެ ބައްދަލުވުން، ވެރިންގެ އިރުޝާދުގެމަތިން ރާވައި، ބޯޑާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 10- ޕްލޭނިންގ ޔުނިޓަށް ލިބޭ ސިޓީ/މެސެޖްތަކަށް ދޭންޖެހޭ ޖަވާބުތައް، ވެރިއެއްގެ މަޝްވަރާގެމަތިން ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. 4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އެޖެންސީގެ www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
|
ސުންގަޑި: |
2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. |
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- އިންޓަވިއުކުރުން، 2016 ޑިސެންބަރުމަހުގެ ތެރޭގައި ނުވަތަ 2017 ޖަނަވަރީމަހުގެ ތެރޭގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ. - މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އެޖެންސީގެ 1402 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
15 ޞަފަރު 1438