އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ޕްލޭއޭރިޔާ ސަން ނެޓް ދަމައިދިނުން

އިޢުލާން

އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ޕްލޭއޭރިޔާ ސަން ނެޓް ދަމައިދިނުން.

މި މަދަރުސާއިން ދައްކާ ނަމޫނާއާ އެއްގޮތަށް އެލް.ކޭ.ޖީ. އަދި ޔޫ.ކޭ.ޖީ ގެ ދަރިވަރުންގެ އައުޓް ޑޯރ ޕްލޭއޭރިޔާ، ސަން ނެޓް ދަމައިގެން ހިޔާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ