އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ އިދާރާ މަރާމާތު ކުރުމަށް

އިޢުލާން

ކައުންސިލުގެ އިދާރާ މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާބެހޭ

ކައުންސިލުގެ އިދާރާ މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: 353-CA/2016/41 (24 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެމަސައްކަތަށް އެއްވެސް ފަރާތަކުން ބިޑްފޯމު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން ކައުންސިލް އިދާރާ މަރާމާތުކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާނުކުރަމެވެ.

ވީމާ، މި އިޢުލާނާއެކު ނޯޓިސްބޯޑުގައި ޢާންމުކޮށްފައިވާ މަޢުލޫމާތުޝީޓާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00 އަށް، ފުރިހަމަކޮށްފައިވާ ބިޑް ހުށަހަޅާ ފޯމު ހިފައިގެން ކައުންސިލް އިދާރާއަށް ހާޒިރުވުން އެދެމެވެ.

މަޢުލޫމާތުޝީޓާއި ބިޑް ހުށަހަޅާ ފޯމު ކައުންސިލުގެ އިދާރާ ހުޅުވިފައި ހުންނަ ރަސްމީގަޑިތަކުގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ