ދިވެހިރާއްޖެ
ޢިއުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ކޯޑިނޭޓަރ- ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމެންޓް |
ބޭނުންވާ އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު: 1. ސޯޝަލް ސައިންސް، ޖެންޑަރ ސްޓަޑީޒް އަދި ޑިވޮލޮޕްމަންޓް އިކޮނޮމިކްސް ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. 2. ސޯޝަލް ސައިންސް، ޖެންޑަރ ސްޓަޑީޒް އަދި ޑިވޮލޮޕްމަންޓް އިކޮނޮމިކްސް ނުވަތަ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. 3. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން. 4. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން. |
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް
މުސާރަ: މަހަކު -/9،000 ދިވެހި ރުފިޔާ ލިބޭނެއެވެ.
ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސްދުވަސް
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު: 1. ޖީ.ސީ.އޯ ލެވެލުން ތިން މާއްދާއިން ދަށްވެގެން C ލިބިފައިވުން. 2. އެޑްމިނިސްޓްރޭޓް އޮފިސަރގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. 3. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން. 4. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން. |
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް
މުސާރަ: މަހަކު -/7،000 ދިވެހި ރުފިޔާ ލިބޭނެއެވެ.
ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސްދުވަސް
މަތީގައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލާއި، މަސްއޫލިއްޔަތާއި، ތަފްސީލް ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލްކުރުމުން ލިބޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއާއި، ލިޔުންތައް ހުށަހަޅަންވީ ތަން:
ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން،
2. ސީ.ވީ.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ،
5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 8:00 އާއި 14:00 އާ ދެމެދު، 3333160 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
14 ޞަފަރު 1438