ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގެ (IUL)101AF/1/2016/153 ނަންބަރުގެ އިޢުލާނުގައިވާ ފައިނޭންސް އޮފިސަރުގެ މަޤާމު ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާރކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ފައިނޭންސް އޮފިސަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު: 1. އެކައުންޓިންގ/ފައިނޭންސްއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް (ACCA, CAT or CPA) ހާސިލުކޮށްފައިވުން.
2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. 3. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން. 4. އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން. 5. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން. |
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު.
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހުގެ 2:00 އަށް.
މުސާރަ: މަހަކު -/7000 ދިވެހި ރުފިޔާ ލިބޭނެއެވެ.
ވަޒީފާގެ މުއްދަތު: 6 މަސްދުވަސް
މި އިތުރު ތަފުސީލާއި، މަސްއޫލިއްޔަތާއި، ތަފުސީލު ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލްކުރުމުން އިތުރު މަޢުލޫމާތު ލިބޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއާއި، ލިޔުންތައް ހުށަހަޅަންޖެހޭ ތަން:
-ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
- ލިޔުންތައް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން،
2. ސީ.ވީ.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ،
5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 8:00 އާއި 14:00 އާ ދެމެދު، 3333160 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
14 ޞަފަރު 1438