ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުން:
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރިއަށްގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ، މި ރަށުގެ ފުޓްބޯޅަދަނޑުގެ ފަސްގަނޑު 1 ފޫޓު ފުންމިނަށް ކޮނެ، ފަސް ނަގައި، ރަށުގެ ފަޅުން ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭ އިން ދީފައިވާ ސަރަޙައްދުން ކޮނެގެން ވެލި ނަގައި، ފުޓްބޯޅަދަނޑަށް އަޅައި، ދަނޑުގެ ފަސްގަނޑު، ކޮނެގެން ނެގި ފަސްތައް ފުރާނައި، ދަނޑަށް އަޅައި، ބިން ލެވެލްކުރުމުގެ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރު: (IUL)418-AS/418/2016/48 (24 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކަކީ ވާދަވެރި ބީލަންތަކެއްކަމަށް ނުފެންނާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަވަންވާނެއެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ފުޓްބޯޅަދަނޑަށް ފަޅުން ވެލިނެގުމުގެ ހުއްދަ އީ.ޕީ.އޭ އިން ދީފައިވާ ސަރަޙައްދުން ކޮނެގެން ވެލި ނަގައި ފުޓްބޯޅަދަނޑަށް އަޅައި ދަނޑުގެ ފަސްގަނޑު ލެވެލްކުރުމަށް" މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 17 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި.
- އަންދާސީހިސާބު ބަލައިގަތުން: 22 ނޮވެންބަރު 2016 ވާ އަންގާރަދުވަހުގެ 13:00 ގައި.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޞަފަރު 1438