ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމް :މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމް:

މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/12,000 ރުފިޔާއާއި -/17,000 ރުފިޔާއާ ދެމެދުގެ އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި މަސައްކަތުގެ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  6  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  މަސައްކަތުގެ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  މަސައްކަތުގެ ދާއިރާއަކުން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި؛

4. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

6. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކޯޕަރޭޝަނުގެ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެ ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

2. ކޯޕަރޭޝަނުގެ ޕާޓްނަރުންނާއި ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން.

3. ކޯޕަރޭޝަނުގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި މާކެޓް ރިސަރޗްތައް ކުރިއަށްގެންދިއުމާއި، އެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ތަފާތު އެކި އުފެއްދުންތެރި ޚިޔާލުތައް ހޯދުމުގައި މަސައްކަތްކުރުން.

4. ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓްކުރުމާއި، ޕަބްލިކް ރިލޭޝަންސްގެ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުން.

5. ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓުތަކާއި، ނޫސް ބަޔާންފަދަ ތަކެތި ތައްޔާރުކުރުން.

6. ކޯޕަރޭޝަނުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

2. ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

 

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ www.wamco.com.mvގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ.

4. ޕޮލިސް ރިޕޯޓު (ރިޕޯޓް ދޫކުރިފަހުން 3 މަސްދުވަސް ހަމަނުވާ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު) ކޮޕީއެއް.

ސުންގަޑިއާއި، ވަޒީފާއަށް އެދި ހުށަހަޅާނެ ތަން:

2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލަޔަށް) ހުށަހެޅުން.

އިންޓަވިއު:

އިންޓަވިއުއާއި އިމްތިޙާނުކުރުން، 27 ނޮވެންބަރު 2016 އާއި 8 ޑިސެންބަރު 2016 އާ ދެމެދު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

- މި  ވަޒީފާއަށް  އެދިފައިވާ  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  އަދަދު 5  އަށްވުރެ  ގިނަނަމަ،  ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން، 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި، ލިޔެކިޔުންތައް ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް، 3000581 ނަންބަރު ފޯނަށް، ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016
ހޯދާ