ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަސައްކަތު    

މަޤާމް:

ސަޕޯޓް ސްޓާފް ގްރޭޑް 2  

މަޤާމުގެ ކްލެސިފިކޭޝަން:

SS2

މަޤާމުގެ ރޭންކް:

-/3470 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ (މަހަކު)

- ފިނޭންސް އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީން / ލައިސަންސް / ހުއްދަ / ސަނަދު ހާސިލުކޮށްފައިވުން.     

މަޤާމުގެ ޝަރުޠު:

1. އެކިއެކި ފަރާތްތަކަށް އޮފީހުގެ ފަރާތުން ހަވާލުކުރަންޖެހޭ ފައިސާއާއި، އެކަމާބެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރަން ދިޔުން.

2. އޮފީހަށް ނަގަންޖެހޭ ފައިސާ ނަގަން ދިއުން.

3. އޮފީހުން ފޮނުވާ ސިޓީއާއި ތަކެތި އޮފީސްތަކަށް ހަވާލުކުރުން.

4. އޮފީހުން ފޮނުވާ ސިޓީއާއި ތަކެތި ފާސްޓް ޕޯސްޓާ ހަވާލުކުރުން.

5. ރާއްޖެއިން ބޭރަށާއި ރާއްޖެތެރެއަށް ފޮނުވަންޖެހޭ ސިޓީތައް ޕޯސްޓާ ހަވާލުކުރުން.

6. ސްޓޮކަށް ބޭނުންވާ ތަކެތި ގެނައުން.

7. ހުއްދަ އޮންނަ މުވައްޒަފަކު ހުރެގެން އޮފީސް ހުޅުވައި ލެއްޕުން.

8. މަސައްކަތު މީހެއް ނެތިއްޖެ ހާލަތެއްގައި، އޮފީހުގެ ތަންތަން ފޮޅައި ސާފުކުރުން.

9. މި ބިއުރޯއިން ހިންގައި ރާވާ މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި، މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

- ލިޔަން ކިޔަން ދަތުން.

- މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުން.

- އެ މަސައްކަތްތައް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

- ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 12:00 އަށް.

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު، ވަޤުފު ބިލްޑިންގުގެ (ސޯޝަލް ސެންޓަރުގެ ކުރިމަތި) 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް  އެދޭ  ފޯމާއި،  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް  ލިބުނުކަން  ކަށަވަރުކުރާ  ފޯމު،  މި  ބިއުރޯއިން ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ http://statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008407 ނަންބަރު ފޯނަށް، ނުވަތަ 3008406 ނަންބަރު ފޯނަށެވެ.  

އިތުރު މަޢުލޫމާތު:

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ