މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ފެރީ ދަތުރުކޮށްދޭނެ އުޅަނދެއް ބޭނުންވެއްޖެ

އިޢުލާން

ވަގުތީގޮތުން ފެރީ ދަތުރުކޮށްދޭނެ އުޅަނދެއް ބޭނުންވެއްޖެ

ތުލުސްދޫއާއި މާލެއާ ދެމެދު 20 ދުވަހުގެ މުއްދަތަށް ފެރީދަތުރުކޮށްދޭނެ، މަދުވެގެން 60 މީހުންގެ ޖާގައިގެ އުޅަނދެއް މި ކައުންސިލަށް ބޭނުންވެއްޖެއެވެ.

ވީމާ، އެއްބަސްވުމެއްގެ ދަށުން މިދަތުރުތައް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިދަންނަވާ ތަކެއްޗާއެކު 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 13:00އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ދުވާލަކު ދަތުރެއް (ތުލުސްދޫން މާލެއަށް- މާލެއިން ތުލުސްދޫއަށް) ކޮށްދެވޭނެ އަގު ޖެއްސެވުން އެދެމެވެ.

އަންދާސީހިސާބާއެކު މިދަންނަވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • އުޅނދުގެ ސަލާމަތީ ސެޓުފިކެޓުގެ ކޮޕީ
  • އުޅަނދުގެ ރަޖިސްޓަރީގެ އަސްލާއި ކޮޕީ (އަސްލު ބެލުމަށްފަހު ހަވާލުކުރެވޭނެއެވެ.)
  • އުޅަނދުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ / ކުންފުންޏެއްގެ އުޅަނދެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ސާފުކޮޕީ

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ