ދިވެހިރާއްޖެ
އިޢުލާން
މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ
2017 ވަނަ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ މެޝިނަރީ ގަތުމަށް ބޭނުންވެއްޖެއެވެ.
145 ކޮމްޕިއުޓަރ ސިސްޓަމް
34 ޓީވީ 55” ގެ (ސޮނީ، ހިޓާޗީ، ފިލިޕްސް، ސެމްސަންގ، އެލްޖީ)
34 ހޯމްތިއޭޓަރ ސިސްޓަމް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ނޮވެންބަރު 17 ވަނަ ދުވަހުގެ 11:00 އަށް |
2016 ނޮވެންބަރު 23 ވަނަ ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.