މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސްޓޫޑިއޯ ކެމެރާއެއް ގަތުމަށް

އިޢުލާން

ސްޓޫޑިއޯއަށް ކެމެރާއެއް ގަތުމާބެހޭ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ސްޓޫޑިއޯއަށް ކެމެރާއާއި އޭގެ ބައިތައް ގަންނަން ބޭނުންވެއެވެ.

ވީމާ، ސްޓޫޑިއޯއަށް ކެމެރާއާއި އޭގެ ބައިތައް މި އޮފީހަށް ފޯރުކޮށްދެން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 13:00 ގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭގޮތުން ދެވޭ މަޢުލޫމާތު ޝީޓް މި ލިންކް http://meteorology.gov.mv/uploads/studio_camera_tor.pdf އިން ލިބެން ހުންނާނެއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7988774 އަށް ގުޅުއްވުން  އެދެމެވެ.

13 ޞަފަރު 1438

 

13 ނޮވެންބަރު 2016
ހޯދާ