ދިވެހިރާއްޖެ
އިޢުލާން
މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އޮފީހުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން.
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވިފައިވާ ދުވަހަށް ޕްރޮޕޯސަލް މި އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އަށް ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، 20222
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 1441
ފެކްސް: 3307759
އީމެއިލް: [email protected]