މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މާސްޓާއި އެލް ދަގަނޑު ފްރޭމް ހަދައިދީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއަށް ގެލްވަނައިޒްޑް ދަގަނޑު މާސްޓްއާއި، ދަގަނޑު ފްރޭމްތަކެއް ހޯދުމާ ބެހޭ

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ހަރުކުރުމަށްޓަކައި ބޭނުންވާ 11 މާސްޓްއާއި، 22 އެލް ދަގަނޑު ފްރޭމް ހަދައި ދީ މި އޮފީހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 06 ނޮވެމްބަރު 2016 ގައި ކުރެވުނު އިޢުލާން ނަންބަރު MMS-A/2016/54 ގެ މަޢުލޫމާތު ޝީޓު އިޞްލާޙުކުރުމަށްފަހު، އަލުން އިޢުލާން ކުރަމެވެ.  

ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެމްބަރު 21 ވާ ހޯމަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މި ސާރވިސްއަށް ވަޑައިގަން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މި ލިންކް http://www.meteorology.gov.mv/uploads/baseplate_tor.pdf އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް، މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން އަލީ ޝާހިދު 9761188 އާ ގުޅުއްވުން އެދެމެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016
ހޯދާ