ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރުތަކެއް ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އޮފީސް ފަރުނީޗަރުތަކެއް ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އޮފީސް ފަރުނީޗަރު ހޯދައި މި އިދާރާއަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ލިޔުމަކުން މި އިދާރާއަށް އަންގަވަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އޮފީސް ފަރުނީޗަރު ހޯދައި ސަޕްލައިކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:      2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން:     2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ