ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
މަޤާމުގެ ގިންތި: |
ދާއިމީ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: |
ރ. ރަސްމާދޫ ކައުންސިލްގެ އިދާރާ |
||
ޔުނިޓް: |
ކޯޕަރޭޓިވް އެފެއާޒް |
||
މުސާރަ: |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
||
ތަޢުލީމާއި ތަޖުރިބާ: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު:
|
1. ރަށު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި، އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ނެގުން. 2. ވިޔަފާރިފީ ބަލައިގަތުމާއި، ސަރުކާރުން ކައުންސިލުގެ އިދާރާ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖައްސާ ޓެކްސްފީ ބަލައިގަތުމާއި، އެކަންކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުމާއި، ފައިލްތައް ބެލެހެއްޓުން. 3. ކައުންސިލަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި، ތަކެތި ގަތުމާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 4. ކައުންސިލް އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރުމާއި، އެ މަސައްކަތް ބެލެހެއްޓުން. 5. ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ތަކެތި ހޯދައި ބެލެހެއްޓުން. 6. ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، ނޯޓާއި، ރިޕޯޓް ފަދަ ތަކެތި އަމިއްލައަށް އިބާރަތްކޮށްގެން ލިޔެ ފޮނުވުމާއި، ލިބޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން. 7. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ޔުނިޓް ހިންގުމާ ހަވާލުވެހުންނެވި ފަރާތުން ނުވަތަ ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތް ކުރުން. 8. ކައުންސިލް އިދާރާގެ ނުވަތަ ޔުނިޓުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހާޒިރުނުވެވޭގޮތް ދިމާވެއްޖެނަމަ، ޔުނިޓުގެ އިންޗާޖު ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެމަތިން އެ މުވައްޒަފެއްގެ މަސައްކަތް ހަވާލުވެ، އެ މަސައްކަތް ކުރުން. 9. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޙާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތު ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުންކަމުގައިވުން. 2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން. 3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން. 5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން. |
||
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި، މިމަ ޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ. | ||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ރަސްމީ ގަޑީގައި، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ: ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިކްޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިކްޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕުގެ ކޮޕީ) ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ރ- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6580049 ނަންބަރު ފޯނާއެވެ. |
9 ޞަފަރު 1438