ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
'ލޭބަރ ޕާރކް' އެއް ޤާއިމުކޮށް ބަލަހައްޓައި ހިންގުމަށް

އިޢުލާން

ގުޅިފަޅުގައި "ލޭބަރ ޕާރކް" އެއް ޤާއިމުކޮށް ބަލަހައްޓައި ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގުޅިފަޅުގައި "ލޭބަރ ޕާރކް" އެއް ޤާއިމުކޮށް ބަލަހައްޓައި ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުއްވުމަށް ކުރެވުނު ނަންބަރު GIL/IUL/2016/229 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އިޢުލާން ބާޠިލުކޮށް، ގުޅިފަޅުގައި "ލޭބަރ ޕާރކް" އެއް ޤާއިމުކޮށް ބަލަހައްޓައި ހިންގުމަށް ޝައުޤުވެރިވެލައްވާ އަދި ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީމުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާޙައުލެއް ޤާއިމު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ އިސްނެންގެވުމަށް ގުޅިފަޅުގައި "ލޭބަރ ޕާރކް" އެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. "ލޭބަރ ޕާރކް" ތަރައްޤީކޮށް ހިންގާ އަދި ޚިދުމަތްތައް ފޯރުކޮށްދިނުމަށް (ލޭބަރ ކްއާޓަރސް އިމާރާތް ކުރުމާއި، ކައްކާ ތަން، މެސް ރޫމް، މުނިފޫހިފިލުވުމަށް ޚާއްޞަކޮށް ހެދޭ ތަންތަން އަދި އެހެނިހެން ޚިދުމަތްތައް) ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީ.އައި.އެލް) އިން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުން ހިމެނެއެވެ. ވީމާ، މި ޕްރޮޖެކްޓަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 150،000.00$ (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޙުން ފެށިގެން 168 (އެއްސަތޭކަ ފަސްދޮޅަސް އަށެއް) ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ލަފާކުރާ އިންވެސްޓްމަންޓް އަގުގެ % 5 (ފަސް ޕަސެންޓް) އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 16 އިން 2016 ޑިސެންބަރު 8 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން  15:00އަށް މި ކުންފުނިންނެވެ. ބީލަންފޮތުގެ އަގަކީ -/1500 (ފަނަރަސަތޭކަ) ދިވެހިރުފިޔާ އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި ލިބޭނެއެވެ. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.  

މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ފެބުރުވަރީ 6 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3016630

ފެކްސް ނަންބަރު: 3016632

އީމެއިލް: [email protected]

ވެބްސައިޓް: www.gil.mv

މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުން އޮންނާނީ 2017 މާރިޗު 6 ވާ ހޯމަދުވަހުގެ 14:00 ގައި މިކުންފުނީގެ އޮފީހުގައެވެ. ގަޑި ޖެހުމަށް ފަހު ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ގުޅިފަޅުގައި ލޭބަރ ޕާރކް ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމުގެ ބިޑް ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި ކުންފުނީގެ ވެބްސައިޓް (www.gil.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

10 ނޮވެންބަރު 2016
ހޯދާ