ދިވެހިރާއްޖެ
އިޢުލާން
މި އޮފީހަށް ތިރީގައި މިވާ ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2016/60) އިޢުލާނާ ގުޅިގެން ތިން ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަދަދު |
އައިޓަމް |
60 |
ޕެޗް ކޯޑު |
20 |
ނެޓްވޯކް ސްވިޗް |
ވީމާ، މި ތަކެތި ވިއްކެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެލައްވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަ ދެންނެވީމެވެ.
މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުސޫލާއި ބިޑާބެހޭ އިތުރު މަޢުލޫމާތު މި އޮފީހުގެ ވެބްސައިޓުގެ ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/en/media/ago-announcements/procurement-announcements